ސިނގިރޭޓް ވަގަށް ބޭރުކުރި މައްސަލާގައި އިދާރާތައް 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަނީ

މިހާރު

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:55

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މަޖިލީހުން ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އަށް ކޮމިޓީ ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ. އެޖެންޑާގައި ވަނީ ކޮމިޓީން ދިރާސާކުރަމުން އަންނަ މައްސަލައަކާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުމެއް ކަމަށެވެ. އޭގެ ތަފްސީލެއް މަޖިލީހަކުން ނުދެ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޓީ ބައްދަލުވުން ބާއްވަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގަ އެވެ.

މައުޟޫޢުތަށް