އައިސްޕްލާންޓްގެ ކޮރަޕްޝަނުގެ މައްސާލާގައި ސައީދަށް ކުރާ ދައުވާއަށް އިންކާރުކޮށްފި

މިހާރު

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:35

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުުންނެވި އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

ހިޔާނާތުގެ ދައުވާއެއް ސާބިތުވެ، މިހާރު ވެސް ޖަލު ހުކުމެއްގައި ހުންނެވި ސައީދުގެ މައްޗަށް އައިސްޕްލާންޓް މައްސަލާގައި އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ ދައުވާއެކެވެ.

މި ދައުވާއާ ގުޅޭ އިބްތިދާއީ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވައި ދައުލަތުން ވަނީ ދައުވާ ސައީދުގެ މައްޗަށް އިއްވައިފަ އެވެ. އެ ދައުވާ އިއްވުމުން ސައީދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންވެ، ދައުވާ ސާބިތު ކުރަން ދައުލަތުގެ ފަރާތުން ހުށަހަޅައި ހެކި ހާމަކޮށްފައި ވެ އެވެ.

މައުޟޫޢުތަށް