އެސްބީއައި އިން ޑޮލަރު ލިމިޓު ދަށްކުރުމުގެ ދަތިތައް ހައްލުކުރަން އިންޑިއާ ސަރުކާރުން މަސައްކަތް ފަށައިފި

މިހާރު

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:52

ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމުން، ރާއްޖޭގައި މަސައްކަތް އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ބުނެފި އެވެ.

ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޑޮލަރު ލިބުމުގެ ދަތިކަމާ އެކު، ރެމިޓަންސް ނުވަތަ ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ދެމުން އައި 400 އެމެރިކާ ޑޮލަރުގެ ލިމިޓު 150 އެމެރިކާ ޑޮލަރަށް ދަށްކުރިކަން އެ ބޭންކުގެ ކަސްޓަމަރުންނަށް އަންގާފައިވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންގެ ތެރެއިން ރުފިޔާ އިން މުސާރަ ލިބޭ މީހުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް ހައި ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.

މައުޟޫޢުތަށް