ތާޖް މަހަލްއަކީ ކުރީގެ ފައްޅިއެއް ކަމަށް ބުނާ ފިލްމެއް އުފައްދައިފި

މިހާރު

17 އޮކްޓޯބަރު 2025 | ހުކުރު | 9:45

ތާޖް މަހަލްއަކީ ހިންދޫންގެ ކުރީގެ ފައްޅިއެއް ހުރި ތަނެއް ކަމަށް ބުނާ ފިލްމެއް އިންޑިއާގައި އުފައްދައިފި އެވެ.

ބޮލީވުޑްގެ އެކްޓަރު ޕަރޭޝް ރަވާލް ލީޑް ރޯލު ކުޅޭ އެ ފިލްމަށް ކިޔަނީ "ދަ ތާޖު ސްޓޯރީ" އެވެ. އަދި އެ ފިލްމުގެ ޓްރެއިލާ ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

"ދަ ތާޖް ސްޓޯރީ"އަކީ އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީއަށް ޕްރޮޕެގެންޑާ ފިލްމުތައް ކަމަށްވާ "ޖަންސަންކިޔާ" އާއި "މޯދީ ކާކާ ކާ ގާއޮ" ކަހަލަ ފިލްމުތައް އުފައްދައިދިން ތުޝާރް އަމްރިޝް ގޮއެލް ޑައިރެކްޓުކުރި ފިލްމެކެވެ.

މައުޟޫޢުތަށް