މައްކާގެ ހަރަމްފުޅާ އިންވެގެން ބޮޑެތި ބިނާތަކެއް އަޅަން މެގަ ޕްރޮޖެކްޓެއް އިއުލާނުކޮށްފި

މިހާރު

17 އޮކްޓޯބަރު 2025 | ހުކުރު | 2:09

މާތްވެގެންވާ މައްކާގެ ހަރަމްފުޅާ އިންވެގެން، ހައްޖާޖީން ތިބޭނެ ބޮޑެތި ބިނާތަކެއް ހެދުމުގެ މަޝްރޫއެއް ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި އެވެ.

ސައުދީ ސަރުކާރުގެ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުރާސްފަތި ދުވަހު ބުނީ "ކިންގް ސަލްމާން ގޭޓް" ގެ ނަމުގައި އިމާރާތްކުރާ އެ ބިނާތަކުގެ ޖުމްލަ ފްލޯ އޭރިއާގައި 12 މިލިޔަން އަކަމީޓަރު ހުންނާނެ ކަމަށެވެ. އެއީ ހައްޖާޖީންނަށް ފަސޭހަވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ސައުދީ ސަރުކާރުން ހިންގާ "ޕިލިގްރިމް އެކްސްޕީރިއެންސް ޕްރޮގްރާމް"ގެ ބައެއް ކަމަށް ވެސް އެ ޖެންސީން ބުންޏެވެ.

މަޝްރޫއު ކުރިއަށް ގެންދާ ރުއުޔާ އަލް ހަރަމް އަލްމައްކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ ހައިސިއްޔަތުން އެ މަޝްރޫއު އިއުލާނުކުރެއްވީ ސައުދީ އަރަބިއްޔާގެ ޑީފެކްޓޯ ލީޑަރު އަމީރު މުހައްމަދު ބިން ސަލްމާން އާލް ސުއޫދެވެ.

މައުޟޫޢުތަށް