ދައުލަތުގެ ރިޒާވް ހަ ޕަސެންޓަށް އިތުރުވެއްޖެ
މިހާރު
17 އޮކްޓޯބަރު 2025 | ހުކުރު | 1:44
ދައުލަތުގެ ރަސްމީ ރިޒާވް ހަ ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 976 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު އެ އަދަދު ހުރީ 927 މިލިއަން ޑޮލަރުގަ އެވެ. މިއީ 49 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހަށް ފަހު މިހާތަނަށް ރިޒާވް އެންމެ ބޮޑަށް އުފުލުނު މަހެވެ.
އޭޕްރީލް މަހު ރިޒާވްގައި ހުރީ 999 މިލިއަން ޑޮލަރެވެ. ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ ކަމަށް ރެކޯޑުކުރެވިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެ މަހު ރިޒާވްގައި ހުރީ 858 މިލިއަން ރުފިޔާ އެވެ.