ހުޅުމާލެ މަގުތަކުގެ ދުވާރުމަތީގައި ހުރި ގޮނޑިމޭޒު ނަގަން އަނެއްކާވެސް އަންގައިފި

މިހާރު

17 އޮކްޓޯބަރު 2025 | ހުކުރު | 8:18

ހުޅުމާލެ މަގުތަކުގެ ދުވާރުމަތީގައި ކެފޭތަކުން ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގަން އެޗްޑީސީން އަނެއްކާވެސް އަންގައިފި އެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ހިދުމަތް ނުދޭން މިދިޔަ އޮގަސްޓު މަހު އެންގި ނަމަވެސް، އަދިވެސް ގިނަ ކެފޭތަކަކުން އެކަން ކުރަމުންދާ ކަމަށެވެ.

މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

މައުޟޫޢުތަށް