ތަރައްގީގެ މަޝްރޫއުތައް ފަސް އަހަރަށް މަޑުޖައްސާލަން ޖެހޭ: ނަޝީދު

މިހާރު

17 އޮކްޓޯބަރު 2025 | ހުކުރު | 8:23

ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަސް އަހަރު ދުވަހަށް މަޑުޖައްސާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވާނީ "އިހަށް މަޑުކޮށްލާ" ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސެއްގެ ވައުދަކަށް ވެސް ވާން ޖެހޭނީ އެ ޝިއާރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކީ ދައުލަތުން ބޭރު ގައުމުތަކުން ބޮޑެތި ދަރަނި ނަގައިގެން ކުރާ މަސައްކަތްތަކަށް ވާތީ، ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި އެއީ ގިނަ ފަހަރަށް ދަރަނި ކަމަށެވެ.

މައުޟޫޢުތަށް