ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތް މަޖިލިސް ކޮމިޓީން ބަލަނީ
މިހާރު
17 އޮކްޓޯބަރު 2025 | ހުކުރު | 10:28
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތް އަދި މައްސަލަތައް ބެލުމުގެ ސްޕީޑު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ މަޖިލިހުގެ މެމްބަރަކު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި މިހާރު ނިމިފައި ހުރި މައްސަލަ ނިންމުމުގައި އަމަލު ކޮށްފައިވާ ގޮތް ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ ބޭނުމަކީ އެ ކޯޓުތަކުގެ މަސައްކަތްތަކުގެ ސްޕީޑު ލަސްވެފައި ހުރުމުން، މަސައްކަތްތައް އަވަސްކުރެވޭ މަގެއް ހޯދުން ކަމަށް މެމްބަރު ވިދާޅުވި އެވެ.