ޖާގަ ބޮޑު ކުރަން އަދިވެސް ކޭމްޕް ނޯ ގައި ނުކުޅޭނެ

މިހާރު

18 އޮކްޓޯބަރު 2025 | ހޮނިހިރު | 12:09

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމް ބޮޑުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކާ ގުޅިގެން 27،000 ސަޕޯޓަރުންގެ ޖާގައާ އެކު އަދި އެ ދަނޑު ބޭނުން ނުކުރާން ބާސެލޯނާ ނިންމައިފި އެވެ.

ބާސެލޯނާ މިހެން ނިންމީ ސިޓީ ކައުންސިލުން ކޭމްޕް ނޯ ހުޅުވުމުގެ ހުއްދަ ދީފައި ވަނިކޮށެވެ. ނަމަވެސް ބާސާ ދެކޭގޮތުގައި ކްލަބަށް ފައިދާވާނީ 47،000 ސަޕޯޓަރުންގެ ޖާގައާ އެކު ހުޅުވަން ކުޑަ އިންތިޒާރެއް ކުރާށެވެ.

ސީޒަންގެ ކުރީކޮޅު ހޯމް މެޗުތައް ކުޅެން 6000 މީހުންގެ ޖާގައިގެ ބާސެލޯނާގެ ޓްރޭނިން ދަނޑު ކަމަށްވާ ޔޯހާން ކްރައިފް ސްޓޭޑިއަމް ބޭނުން ކުރި އެވެ. ފަހުން ވަނީ ފާއިތުވި ދެ އަހަރުގެ ހޯމް މެޗުތަކަށް ބޭނުން ކުރި ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅެން ފަށައިފަ އެވެ. ކްލަބުން ދެކޭގޮތުގައި އެ ދަނޑުގެ 55،000 މީހުންގެ ޖާގައިގެ ޓިކެޓް ވިއްކައިގެން ކްލަބަށް މާލީ ގޮތުން ފައިދާ ކުރެ އެވެ.

މައުޟޫޢުތަށް