ފަހު ވަގުތު ޕޮއިންޓަކުން ޕީއެސްޖީ އެއްވަނަ ދަމަހައްޓައިފި

މިހާރު

18 އޮކްޓޯބަރު 2025 | ހޮނިހިރު | 11:46

ޕެރިސް (އޮކްޓޫބަރު 18) - ފްރެންޗް ލީގުގައި ހުކުރު ދުވަހުގެ ރޭ ޕީއެސްޖީ އަމިއްލަ ދަނޑުގައި ސްޓްރާސްބޯގާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު 3-3 އިން އެއްވަރުކޮށް މި ވަގުތަށް ޓޭބަލްގެ އެއްވަނައިގައި މަގާމު ދަމަހައްޓައިފި އެވެ.

މެޗުގެ ހަވަނަ މިިޓުގައި ބްރެޑްލީ ބާކޮލާގެ ގޯލަކުން ޕީއެސްޖީ ފުރަތަމަ ކުރި ހޯދާފައި ވަނިކޮށް ޖޯގުއެއިން ޕަނިކެލީ ވަނީ ވިއްސަކަށް މިނިޓުފަހުން އެ ސްޓްރާސްބޯގަށް އެއްވަރު ކޮށްދީފަ އެވެ. އަދި ހާފު ނިމުމުގެ ކުރިން ޑިއޭގޯ މޮރިއޭރާ ވަނީ އެ ޓީމަށް ލީޑު ވެސް ނަގައިދީފަ އެވެ.

ޕީއެސްޖީ އެއްވަރުކުރީ ސްޓްރާސްބޯގުން ދެވަނަ ހާފުގައި އިތުރު ލަނޑެއް ވެސް ޖަހާފައި ވަނިކޮށެވެ. ދެވަނަ ހާފު ފެށުނުތަނާ މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޕަނިކެލީ އެވެ.

މައުޟޫޢުތަށް