ރިލްވާންގެ މަރާ ގުޅިގެން ހައްޔަރުކުރުމުން ބަދަލު ހޯދަން މުއާޒު ކުރި ދައުވާ ބޭރުކޮށްލި މައްސަލަ ހައި ކޯޓަށް
މިހާރު
18 އޮކްޓޯބަރު 2025 | ހޮނިހިރު | 1:07
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ހައްޔަރުކުރި އަހްމަދު މުއާޒު (ގަޓު މުއާ) ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކަމާ ގުޅިގެން މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު)އާ އެކު މުއާޒު ހައްޔަރުކުރީ ޖޫން 26، 2022 ގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި މުއާޒު ބަންދުން ދޫކޮށްލީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ މުއާޒުގެ މައްޗަށް ކުރިއިރު އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.