ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް އެއްހަމަކޮށް 7،000ރ އަށް ބޮޑުކޮށްފި
މިހާރު
18 އޮކްޓޯބަރު 2025 | ހޮނިހިރު | 2:39
ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް އެއްހަމަކޮށް 7،000ރ. އަށް ބޮޑުކޮށްފި އެވެ.
ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ މެދުގައި ވެސް އިނާޔަތް އެއް އެއްހަމައަކޮށް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއްއްޒުގެ ރިޔާސީ ވައުދެކެވެ.
ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ކޮންމެ މަހަކު ކުރިން ދެމުން ދިޔައީ 5،000ރ. ގެ އިނާޔަތެކެވެ. އޮފިޝަލުންނަށް ކުރިން ކޮންމެ މަހަކު ދެނީ 2،500ރ. އެވެ.