ޕީއެންއެފްގެ ރައީސްކަމާއި އެހެން މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި
މިހާރު
18 އޮކްޓޯބަރު 2025 | ހޮނިހިރު | 11:44
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ޕާޓީގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޕީއެންއެފުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ގައުމީ ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެ ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން ވެސް އެ ދުވަހު އޮންނާނެ ކަމަށެވެ.
ޕީއެންއެފް އުފެއްދީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެވެ. އޭރުން ފެށިގެން އެ ޕާޓީގެ މަގާމުތަކުގައި ތިއްބެވީ އެ މަގާމުތަކަށް ވަގުތީ ގޮތުން އައްޔަންކޮށްފައިވާ ބޭފުޅުންނެވެ.