ޔުނައިޓެޑްގައި ފްލޮޕްވި ގްރީންވުޑް މާސޭގައި ރެކޯޑް ހަދަނީ
މިހާރު
19 އޮކްޓޯބަރު 2025 | އާދިއްތަ | 11:10
މޭސަން ގްރީންވުޑްގެ ހަތަރު ގޯލާ އެކު 6-2 އިން ލެ ހާވް ބަލިކޮށް އޮލިމްޕިކް މާސޭ ފްރެންޗް ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
މި ނަތީޖާއާ އެކު މާސޭ ވަނީ އަށް މެޗުން 18 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. އަދި ތިންވަނައިގައި އޮތީ 16 ޕޮއިންޓް ލިބިފައިވާ ސްޓްރާސްބޯގް އެވެ. ހަތަރުވަނައިގައި އޮތް ލިޔޯނަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ގްރީންވުޑް ދާއިމީ ކޮންތްރެކްޓެއްގައި މާސޭއާ ގުޅުނީ 2024 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންވެ. ރޭގެ މެޗުގައި ހަތަރު ލަނޑުޖަހައި އޭނާ ވަނީ ކްލަބްގެ ރެކޯޑެއް ހަދައިފަ އެވެ.