"މިހާރު" އައްޑޫ ބަހުސްގައި އޯޑިއަންސަށް ސުވާލުކުރުމުގެ ފުރުސަތު ލިބޭނެ

މިހާރު

19 އޮކްޓޯބަރު 2025 | އާދިއްތަ | 11:47

އައްޑޫގައި ވަކިވަކި ކައުންސިލުތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން މިރޭ "މިހާރު" އިން ކުރިއަށް ގެންދާ ބަހުސްގެ އޯޑިއަންސަށް އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން މިހާރު ހިންގަމުންދާ ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކިން ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޮޓެއް ނަގަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެ ވޯޓާ ގުޅޭ ގޮތުން "މިހާރު" އިން މިރޭ 8:30 ގައި މީރުމާގައި ބާއްވާ ބަހުސްގައި އައްޑޫގެ އެކި ދާއިރާތަކުގައި ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު އެކަމުގައި އުފެދޭ ސުވާލުތައް ކުރުމުގެ ފުރުސަތު ބަހުސްގެ ތެރެއިން އާންމުންނަށް ލިބޭނެ އެވެ.

މައުޟޫޢުތަށް