ސީޒަނުގެ އެންމެ މުހިންމު މެޗު، އެލް ކްލެސިކޯ އަށް ފްލިކް ސަސްޕެންޑް
މިހާރު
19 އޮކްޓޯބަރު 2025 | އާދިއްތަ | 11:34
ރޮނާލްޑް އަރައުހޯ ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ޖިރޯނާ ބަލިކުރި މެޗުގައި އަމަލުކުރި ގޮތުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަށް ރަތް ކާޑެއް ދައްކައި، ކުރިއަށް އޮތް އެލްކްލެސިކޯ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
ޕެޑްރީގެ ގޯލުން ބާސާ ލީޑު ނެގިތާ މާ ގިނައިރެއް ނުވެ ގިރޯނާ ވަނީ އަކްސެލް ވިޓްސެލްގެ ގޯލަކުން ނަތީޖާ އެއްވަރުކޮށްފަ އެވެ. ފަހު 10 ވަރަކަށް މިނިޓަށް އެރި އަރައުހޯ ބާސާ މޮޅުވި ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގަ އެވެ.
އެ ގޯލު ޖެހުމުން މެޗު އޮފިޝަލް ކައިރީ އަތް ޖެހުމުން ފްލިކަށް ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، އެ ކާޑު ދެއްކުމުން އަމަލުކުރި ގޮތަކުން އޭނާއަށް ދެވަނަ ރީނދުލަކާ އެކު ރަތް ކާޑު ދެއްކި އެވެ.