އިރުފާންގެ މައްސަލަ ބޭރުކޮށްލުމުން ޕީޖީން ޑީޖޭއޭއަށް މައްސަލައެއް ހުށަހަޅައިފި

މިހާރު

19 އޮކްޓޯބަރު 2025 | އާދިއްތަ | 2:06

ރާއްޖެ އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ދައުލަތުން ދައުވާކުރާ އިރުފާން ތަގިއްޔުގެ މައްސަލާގައި ރަޖިސްޓްރޭޝަން ފީ ނުދައްކާތީ އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅައިފި އެވެ.

އިރުފާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރެޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވީ ރެޖިސްޓްރޭޝަން ފީ ނުދައްކާތީ އެވެ. އެގޮތުން ފީ ދައްކަން އަންގައި، އީމެއިލް ފޮނުވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ފީ ދައްކާފައި ނުވާތީ ހައިކޯޓުގެ ގަވާއިދާ ހަވާލާދީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް ރެޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގެ އެ އީމެއިލް ނުލިބޭ ކަމަށް ބުނެފަ އެވެ. އަދި އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައިވީ ނަމަވެސް އެ މައްސަލައާ ގުޅޭ އީމެއިލް ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް