ވަގަށް ނެގި 109 ސައިކަލް މިދިޔަ މަހު ހޯދި، އަގު ހަ މިލިއަނަށް ވުރެ ބޮޑު

މިހާރު

19 އޮކްޓޯބަރު 2025 | އާދިއްތަ | 1:25

ފުލުހުން މިދިޔަ މަހު ރިކަވާ ކޮށްފައިވާ މުދަލުގެ ތެރޭގައި 109 ސައިކަލް ހިމެނޭ ކަމަށާއި އޭގެ އަގު 6.8 މިލިއަން ރުފިޔާ އަށް އަރާ ކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކުރި "މާލޭ ފްރަންޓްލައިން ޕޮލިސިން" ގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު 1 އިން 30 ގެ ނިޔަލަށް ފުލުހުން ރިކަވާ ކުރި މުދަލުގެ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ރިކަވާ ކުރީ ސައިކަލެކެވެ.

އެ މުއްދަތުގައި 13 ފޯނު ރިކަވާ ކުރި އެވެ. އޭގެ އަގަކީ 154،562ރ. އެވެ.

މައުޟޫޢުތަށް