ކިހާދުއްފަރު ރިސޯޓް ސަރުކާރަށް ނެގުން ކޯޓުން ހުއްޓުވައިފި

މިހާރު

19 އޮކްޓޯބަރު 2025 | އާދިއްތަ | 4:11

ބ. ކިހާދުއްފަރު ރިސޯޓްގެ އެއްބަސްވުން ބާތިލްކޮށް، އެތަން ސަރުކާރަށް އަނބުރާ ނަގަން ފޮނުވާފައިވާ ނޯޓިސް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

އަތަމާ މެރިން އިންޓަނޭޝަނަލަށް ކުއްޔަށް ދުކޮށްފައިވާ ކިހާދުއްފަރު ރިސޯޓްގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން މިމަހުގެ ނުވަ ވަނަ ދުވަހު ނޯޓިސް ފޮނުވީ އެ ރިސޯޓް ހިންގަމުންދަނީ ޓޫރިޒަމާބެހޭ ގާނޫނާއި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ އެވެ.

ޝަރުތުތަކެއްގެ މަތިން އެ ރިސޯޓް ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވި ނަމަވެސް، ކަންކަން ރަނގަޅު ކޮށްފައި ނުވާ ކަމަށް ބުނެ އެ ރިސޯޓް އަތުލަން މި މަހުގެ ނުވަ ވަނަ ދުވަހު ނޯޓިސް ފޮނުވާފައިވެ އެވެ.

މައުޟޫޢުތަށް