ލިވަޕޫލްގެ އުއްމީދު ފުނޑުފުނޑު ކޮށްލީ ޔުނައިޓެޑްގެ މެގުއާ

މިހާރު

19 އޮކްޓޯބަރު 2025 | އާދިއްތަ | 11:40

ލިވަޕޫލް ފަހު ވަގުތު އެއްވަރު ކުރި ނަމަވެސް ހެރީ މެގުއާ ޖަހައިދިން ލަނޑުން މެންޗެސްޓާ ޔުނައިޓެޑް 2-1 އިން މޮޅުވެ ޓޭބަލްގެ ކުރީގައި ތިބި ޓީމުތަކާ ޕޮއިންޓުގެ ގޮތުން ގާތަށް ޖެހިލައިފި އެވެ.

މިވަގުތު ޔުނައިޓެޑް ޓޭބަލްގެ ނުވަވަނައިގައި އޮތަސް، ދެވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. ޔުނައިޓެޑަށް އަށް މެޗުން 13 ޕޮއިންޓެވެ. ސިޓީ ވަނީ 16 ޕޮއިންޓް ހޯދާފަ އެވެ.

އެއްވަނައިގައި އޮތީ 19 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ. އެންމެ ފަހުގެ ލީގުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާ އެކު ހަތަރުވަނައަށް ވެއްޓިފަ އެވެ.

މައުޟޫޢުތަށް