އެމްއެމްއެމްއޭ އާއި ޕެންޝަން އޮފީހުން ކުރީ ރައްކާތެރި މުއާމަލާތެއް: ފިނޭންސް
މިހާރު
20 އޮކްޓޯބަރު 2025 | ހޯމަ | 10:19
ފިނޭންސުން ބުނީ، މި މުއާމަލާތުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ދަރަނި ދައްކަން މަގުފަހިވާނެ ކަމަށް.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.