ސެންޓަ އެންޓަޕްރައިސަސްއިން 400 މިލިއަން ހޯދަން ކުރާ ދައުވާތަކާ މެދު އޮޑިޓުން އުފެދުނީ ޝައްކު
މިހާރު
20 އޮކްޓޯބަރު 2025 | ހޯމަ | 4:04
ހިދުމަތުގެ އަގު ހޯދަން ކަމަށް ބުނެ ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކުގައި 400 މިލިއަނަށް ވުރެ ބޮޑު އަދަދެއް ހޯދަން މަސައްކަތް ކުރާއިރު ހެލްތު މިނިސްޓްރީއަށް މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލްސް ސަޕްލައި ކުރި ކަން ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ސައްހަކަން ބެލުމަށް ހެދި އޮޑިޓުން ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ އެވެ.
ހެލްތު މިނިސްޓްރީ އަށް 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު، މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ސަޕްލައި ކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނާ 79 މިލިޔަން ރުފިޔާ ހޯދަން އެ ކުންފުނިން 2022 ވަނަ އަހަރު ސިވިލް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.
ސެންޓަ އެންޓަޕްރައިސަސް އަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވާއިރު، އެކަމުގެ ހާއްސަ އޮޑިޓެއް ހަދައިދޭން ބަންޑާރަ ނައިބުގެ އޮފީހުން އެދުމުން އައީ އޮޑިޓް ކުރަމުންނެވެ. ސެންޓަ އެންޓަ ޕްރައިސަސްގެ ދައުވާ ސާބިތުކުރުމަށް ސައްހަ ނޫން ލިޔުމެއް ހުށަހެޅި ކަމަށް ބެލެވި އެކަން އޮތީ ސަމާލުކަމަށް އައީ މި އޮޑިޓް ކުރިއަސް ދިޔައިރު އެވެ.