ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ އެ ރަށަށް ބަދަލުކޮށްދޭން އެދެފި

މިހާރު

20 އޮކްޓޯބަރު 2025 | ހޯމަ | 12:25

މާލޭގެ ހުކުރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ގއ. ދެއްވަދޫއަށް ބަދަލުކުރަން އެ ރަށުގެ ރައްޔިތުން އެދޭ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.

ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު މިއަދު މަޖިލީހަށް ހާޒިރުވުމުން ދެއްވަދޫ ހިމެނޭ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުالله ޝިހާބު ވަނީ ދެއްވަދޫ މަގުބަރާއާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ.

ދެއްވަދުއަށް އުފަން އަސަދުالله ވިދާޅުވީ ދެއްވަދޫ އަކީ ރަސްކަލެއް ނިސްބަތްވާ ރަށެއް ކަމަށާއި އެ ރަސްކަލުގެ ޒިޔާރަތް ދެއްވަދޫގައި ހުންނަން ރައްޔިތުން އެދޭ ކަމަށެވެ. ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހުރި ދެއްވަދޫ ރަސްގެފާނުގެ މަގުބަރާ ދެއްވަދޫއަށް ބަދަލު ކުރެވޭނެ އުސޫލެއް އޮންނާނެތޯ ނުވަތަ އެފަދަ އުސޫލެއް ހެދޭނެތޯ މެންބަރު އެއްސެވި އެވެ.

މައުޟޫޢުތަށް