ހޮންކޮންގުގައި ކާގޯ މަތިންދާބޯޓެއް ރަންވޭއިން ކައްސާލައި މޫދަށް؛ ކާރެއްގައި ތިބި ދެ މީހުން މަރުވި

މިހާރު

20 އޮކްޓޯބަރު 2025 | ހޯމަ | 12:16

ހޮންކޮންގަށް ޖެއްސި ކާގޯ މަތިންދާބޯޓެއް ރަންވޭއިން ކައްސާލައިގެން ގޮސް މޫދަށް ވެއްޓުނު އިރު އެއާޕޯޓުގެ ސެކިއުރިޓީ ވެހިކަލެއްގައި ތިބި ދެ މީހަކު އެ ހާދިސާގައި މަރުވެއްޖެ އެވެ.

ދުބާއީން ހޮންކޮންގް އިންޓޭޝަނަލް އެއާޕޯޓަށް ދިޔަ ބޯއިން މަރުކާގެ މި ބޯޓު ރަންވޭއިން ކައްސާލި ސަބަބު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ހޮންކޮންގް އިންޓޭޝަނަލް އެއާޕޯޓަކީ އެއާ ކާގޯ އުފުލުމުގައި އެންމެ ބާރު ބޮޑު އެއް އެއާޕޯޓެވެ.

ރަންވޭއިން ކައްސާލި ބޯޓުގެ އެއްބައި އޮތީ ރަންވޭއާ ޖެހިގެން އޮންނަ މޫދުގެ އަޑީގަ އެވެ.

މައުޟޫޢުތަށް