ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނީ އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި: ރައީސް
މިހާރު
20 އޮކްޓޯބަރު 2025 | ހޯމަ | 1:09
ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ އެއާޕޯޓު ތަރައްގީކުރާނީ ގިނަ ރިސޯޓްތަކާ އެކު އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާވަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެ އަތޮޅުގައި ދެވަނަ އެެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާތީ އެކަން ފުއްދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީކުރައްވާނީ ދުރުރާސްތާއަށް ވިސްނަވައި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ހިސާބެއްގައި އެއާޕޯޓެއް އެޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.