ޓްރީ ޓޮޕުން ކުރެއްދޫ ރިސޯޓުގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި
މިހާރު
20 އޮކްޓޯބަރު 2025 | ހޯމަ | 1:28
ދުނިޔޭގެ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ މަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ކުރެއްދޫގައި ބޭއްވި މި ސެޝަނަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ އަންހެން ސްޓާފުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އެ ސެޝަނުގައި އުރަމަތީ ކެންސަރުގެ ފުރަތަމަ އަލާމަތްތަކާއި އަމިއްލައަށް އުރަމަތީ ކެންސަރުގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި އުރަމަތީ ކެންސަރާ ގުޅޭ މުހިންމު އިތުރު މައުލޫމާތުތައް ހިއްސާކުރި އެވެ.
ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ 30 މުވައްޒަފުން ބައިވެރިވި މި ސެޝަންތައް ނަގައި ދިނީ ޑރ. އައިޝަތު ރިފްގާ ޝާހިދު އާއި ޑރ. އައިޝަތު މާރިޔާ އެވެ.