އެސްބީއައި އިން ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ޓީޗަރުންގެ ކަންބޮޑުވުން އެޑިއުކޭޝަން މިިނިސްޓްރީއަށް
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 1:09
ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސްކޫލުތަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަން ފަށައިފި އެވެ.
އެސްބީއައި މެދުވެރިކޮށް މީގެ ކުރިން 700 ޑޮލަރު އިންޑިއާއަށް ފޮނުވެ އެވެ. އަދި ފަހުން އެ އަދަދު 500 ޑޮލަރަށް އަދި އޭގެފަހުން 400 ޑޮލަރަށް ދަށްކުރި އެވެ. ނަމަވެސް، ޑޮލަރު ލިބުން ދަތިވާ ކަމަށް ބުނެ އެސްބީއައި އިން ދާދިފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ރެމިޓަންސް ނުވަތަ ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ކަނޑައަޅާފައިވާ ރޭޓް ދަށްކުރުމުން ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ މީހުން މަސައްކަތްކުރާ ސްކޫލްތަކަށް ސިޓީ ފޮނުވައިފަ އެވެ. އަދި އެ ސްކޫލުތަކުން ވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.