ފެމިލީ ކޯޓަށް ދެ ގާޒީން އައްޔަންކުރައްވައިފި
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 12:57
ފެމިލީ ކޯޓަށް ދެ ގާޒީން މިރޭ އައްޔަންކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ފެމެލީ ކޯޓަށް ދެ ގާޒީން ހޯދަން މިދިޔަ މަހު ކުރި ދެ އިއުލާނަށް، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް ލ.މާބައިދޫ ހަވީރީމަންޒިލް، އަހުމަދު މައުސޫމް އަދި ރ. ހުޅުދުއްފާރު އިލާޒާ، މުހައްމަދު ޒާހިދު އައްޔަންކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުން ވަނީ ފަނޑިޔާރުކަމުގެ ހުވާކުރައްވައިފަ އެވެ.