އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން އެމްއޭސީއެލް އަށް
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 7:27
ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލްއާ ރޭ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ކައްދޫ އެއާޕޯޓު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓް ކުރުމާއި ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެ އެވެ.