އެތުލެޓިކޯގައި 15 ވަނަ އަހަރު ގުނަމުންދާ ސިމިއޯނީގެ މަސައްކަތް އާޓެޓާއަށް ވަރަށް ކަމުދޭ
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 10:51
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ތައުރީފް ކޮށްފި އެވެ.
އާޓެޓާ ބުނި ގޮތުގައި ސިމިއޯނީ ބޭނުން ނަމަ ޕްރިމިއާ ލީގުގެ ކޮންމެ ޓީމެއްގައި ވެސް ސިމިއޯނީ އަށް ކާމިޔާބު ހޯދޭނެ އެވެ.
މިއީ އާސެނަލްގައި އާޓެޓާ މަސައްކަތް ކުރާ ހަތްވަނަ އަހަރެވެ. އޭނާ އެ ކްލަބާ ހަވާލުވީ ޑިސެމްބަރު 2019 ގައެވެ. މަ ފަހަރެވެ. ސިމިއޯނީ އެތުލެޓިކޯއާ ހަވާލުވިތާ 14 އަހަރު ވެއްޖެ އެވެ. މިހާރު ގުނަމުން މިދަނީ އޭނާގެ 15 ވަނަ އަހަރެވެ.