އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ހަމާސް ނައްތާލާނަން: ޓްރަމްޕު

މިހާރު

21 އޮކްޓޯބަރު 2025 | އަންގާރަ | 6:14

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސްއިން ހިލާފުވެއްޖެ ނަމަ އެ ޖަމާއަތް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވައިފި އެވެ.

ޓްރަމްޕު މިހެން ވިދާޅުވިތާ ގިނަ އިރުތަކެއް ނުވެ އޭނާގެ ނައިބު ޖޭޑީ ވޭންސް ވަނީ އިޒްރޭލަށް ކުރައްވާ ދަތުރެއް ފައްޓަވައިވަ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވިތާ ދެ ވަނަ ހަފްތާ ތެރޭ އިންޒާރު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމުން، އެއްބަސްވުމާ މެދު ސުވާލު އުފެދިފައިވަނިކޮށް ވޭންސް މި ދަތުރު ކުރައްވާއިރު އެމެރިކާގެ އިސް ދެ އޮފިޝަލަކު މި ހަފްތާގައި ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ.

"ހަމާސްއާ އެކު އެއްބަސްވުމަކަށް އައީ އެ މީހުން ވަރަށް ރަނގަޅަށް ކަންތައްކުރަން. ބަސް އަހައި ކިޔަމަންވާން،" އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާ އެކު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވި އެވެ.

މައުޟޫޢުތަށް