ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 11:13
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް އިން ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައުދިއާ އިން ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ.
މިއީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 11 ވަނަ އެއާލައިނެވެ. އަދި އެއީ އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ސައޫދީގެ ފުރަތަމަ އެއާލައިނެވެ.
ސައުދިއާ އެއާލައިނުން ވީއައިއޭގެ ޓާމިނަލް 1 ގައި ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދު އެވެ.