ހުޅިމެންދޫގެ ރިސޯޓާއި ހޮޓެލް ސްކޫލްގެ އެއްބަސްވުމެއްގައި އެމްއޭސީއެލްއާ އެކު ސޮއިކޮށްފި

މިހާރު

21 އޮކްޓޯބަރު 2025 | އަންގާރަ | 12:07

ގައުމީ ޔުނިވާސިޓީ އެމްއެންޔޫ އިން ލ. ހުޅިމެންދޫގައި ހަދާ ރިސޯޓާއި ހޮޓެލް ސްކޫލްގެ އެއްބަސްވުމެއްގައި އެމްއޭސީއެލްއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މާމެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.

އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރު ރަހީމާ އަބްދުއްރަހީމެވެ.

މައުޟޫޢުތަށް