ރޮނާލްޑޯގެ އައް ނަސްރު އިންޑިއާ އަށް ދަތުރުކުރީ ރާއްޖޭގެ ބިއޯންޑުގައި
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 11:18
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅޭ ސައޫދީ އަރަބިއްޔާގެ އައް ނަސްރު އިން އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗަކަށް ރާއްޖޭގެ ބިއޯންޑް އެއާލައިނުގައި ރޭ އިންޑިއާ އަށް ދަތުރުކޮށްފި އެވެ.
މިއީ ޗެމްޕިއަންސް ލީގު ޓޫގެ ގްރޫޕް ޑީ ގައި އިންޑިއާގެ ގޯއާއާ ދެކޮޅަށް މާގައޫގެ ޖަވާހަރްލާލް ނެހެހޫ ސްޓޭޑިއަމުގައި މާދަމާ ހަވީރު ކުޅޭ މެޗެކެވެ.
އައް ނަސްރު ޓީމު ގޮވައިގެން ދަތުރުކުރި ފްލައިޓުގެ ނުވަ ކްރޫ މެމްބަރުންގެ ތެރެއިން ހަތް ކްރޫއިންނަކީ ދިވެހިންނެވެ. އެއީ ޕައިލެޓާއި ކޯ ޕައިލެޓާއި ހެޑް އޮފް އިންޖިނިއަރިންގެ އިތުރުން ހަތަރު ކެބިން ކްރޫއިންނެވެ.