ފ. މަޝްރޫއު ހުއްޓުވިހެން، އިގުތިސާދީ ހާއްސަ ސަރަހައްދުތައް ދެން ނުހުއްޓުވޭނެ: ޝުޖާއު

މިހާރު

21 އޮކްޓޯބަރު 2025 | އަންގާރަ | 1:06

ޕީޕީއެމްގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވީ އިދިކޮޅު އެމްޑީޕީން ކަމަށާއި ބޮޑު ނަފާއެއް ލިބޭ އެފަދަ މަޝްރޫއުތައް ދެން ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ އިސް މެންބަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑް ގާނޫނަށް ބަދަލުތަކެެއް ގެންނަން ސަރުކާރުގެ ފަރާތުން ޝުޖާއު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ، އެ ބިލުގައިވާ މުހިއްމު އިސްލާހުތައް، އެސްއީޒެޑް ގާނޫނަށް ގެނެސް، "އިގުތިސާދީ އާ ދޮރެއް" ހުޅުވާލާއިރަށް އިދިކޮޅު އެމްޑީޕީން އެކަމާ ދެކޮޅު ހަދައި ރާއްޖެ ހަލަބޮލިކުރަން ނުކުންނާނެ ކަމަށެވެ.

ފ. މަޝްރޫއުއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ރާއްޖޭގައި ހިންގަން އުޅުނު ތަރައްގީގެ ބޮޑު މަޝްރޫއުއެއް ކަަމާއި އެ މަޝްރޫއު ހުއްޓުނީ ރާއްޖެއަކީ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތް ތަނެއް ނޫން ކަމަށް ދައްކަން އެމްޑީޕީން ކުރި މުޒާހަރާތަކުގެ ސަބަބުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މައުޟޫޢުތަށް