އެމްއައިބީގެ ސާވިސް ސެންޓަރެއް ފޮނަދޫގައި ހުޅުވައިފި
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 11:58
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ލ. ފޮނަދޫގައި ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
ފޮނަދޫގެ ފެރީ ޓާމިނަލުގައި ހަދާފައިވާ އެ ސާވިސް ސެންޓަރު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެމްއައިބީ އިން ބުނީ އެ ބޭންކުން ދޭ ހުރިހާ ހިދުމަތްތަކެއް އެ ސެންޓަރުން ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް އަދި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށް ބުންޏެވެ.