މާލެއަކީ ކުޑަ ތަނެއް، ޓީމުގެ ޕްލޭން ސިއްރެއް ނުވާނެ: ވިކްޓްރީ ކޯޗު
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 1:10
މާލޭގެ ހާލަތު އޮތް ގޮތުން ވާދަވެރި ޓީމުތަކުގެ ޕްލޭން އެއް ޓީމު އަނެއް ޓީމަށް ދެނެގަންނަން ފަސޭހަވާނެ ކަމަށް ވިކްޓަރީގެ އާ ކޯޗު ޖޯޖިއޮލީ ގެރީ ބުނެފި އެވެ.
މި މަހުގެ ކުރީކޮޅު ވިކްޓަރީގެ މަގާމާ ހަވާލުވި، ސްލޮވާކިއާ އާއި ހަންގޭރީ އަށް ވެސް ނިސްބަތްވާ ކޯޗުގެ އިރުޝާދުގެ ދަށުން ވިކްޓަރީން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އެ ޓީމުގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
ވިކްޓަރީގެ ހާލަތު ބަދަލު ކުރުމުގައި އޭނާގެ ޕްލޭންތަކަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ގެރީ ބުނީ ޕްލޭނާ ބެހޭގޮތުން ތަފުސީލުތަކެއް ކިޔައިދޭން ބޭނުން ނުވާ ކަމަށެވެ.