އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެ އަށް، ރައީސާ ބައްދަލުކުރައްވާނެ
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 12:12
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެއް ދުވަހެއްގެ ދަތުރެއްގައި އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އިތުރު ތަފްސީލެއް އެފްއޭއެމުން އަދި ނުދެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންފަންޓީނޯގެ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން ފުޓްބޯޅައިގެ ސްޓޭކްހޯލްޑަރުންނާ އެކު ވެސް ބައްދަލުވުމެއް އޭނާ ބައްވާނެ އެވެ.