ޓްރީ ޓޮޕްގެ މ. އަތޮޅު ހެލްތު ކޭމްޕުގައި 300 އަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދީފި
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 3:02
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ހެލްތު ކޭމްޕުގައި 300 އަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މ. އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން އެ ކޭމްޕުގައި ބައިވެރިވެ، ޑޮކްޓަރަށް ދެއްކި އެވެ. އެ ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަށް ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އީއެންޓީ، އޯތޮޕީޑިކްސް އެންޑް ޓްރޯމާ، ނެފްރޮލޮޖީ، ޔޫރޮލޮޖީ، ކާޑިއޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ އަދި ނިއުރޯ ސާޖަރީއަށް ހާއްސަ ޑޮކްޓަރުން ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ މި ކޭމްޕުގެ ބޭނުމަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ތިބެގެން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ ކޭމްޕުން ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދެވުނުކަން ފާހަގަކުރެއްވި އެވެ.