ސެންޓޭގެ ހެޓްރިކުން ވިކްޓަރީ ބަލިކޮށް ނިއު އަށް އެއްވަނަ!
މިހާރު
21 އޮކްޓޯބަރު 2025 | އަންގާރަ | 6:49
އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކުން، ވިކްޓަރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއްވަނަ އަށް ޖެހިލައިފި އެވެ.
ނިއު މެޗު ކާމިޔާބު ކުރީ 4-0 ންނެވެ. ނިއު އެއްވަނަ ހޯދީ ކުރިން، އެ މަގާމުގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.
އެ ދެ ޓީމު ވެސް ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހޯދި އެވެ. ނިއު އަށް ފައިދާ 14 ގޯލް އެބައޮތެވެ. މިހާރު ދެވަނައިގައި އޮތް މާޒިޔާ އަށް އޮތީ ފައިދާ 13 ގޯލެވެ.