ޖަޕާނަށް ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރެއް

މިހާރު

21 އޮކްޓޯބަރު 2025 | އަންގާރަ | 7:49

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސަނޭ ޓަކައީޗީ އަށް މިއަދު ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި އެވެ.

ޖަޕާނުގެ ފަސް ވަނަ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރި ޓަކައީޗީ، ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަރު ކަމުުގެ މަގާމަށް އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު އައްޔަންކުރިތާ ދުވަސްކޮޅެއް ފަހުން އެ ޕާޓީގެ ކޯލިޝަން ސަރުކާރު ވަނީ ރޫޅިފަ އެވެ. އެހެންވެ ޓަކައީޗީއަށް ޖެހިވަޑައިގަންނަވާނީ މައިނޯރިޓީ ސަރުކާރެއް ހިންގާށެވެ.

އެހެންވެ ރިފޯމިސްޓް، ކަނާތު ފިޔައިގެ ފިކުރުގެ ޖަޕާން އިނޮވޭޝަން ޕާޓީ (ޖޭއައިޕީ) އާ އެކު އެލަޔަންސެއް ހަދަން ޓަކައިޗީ އަށް މަޖުބޫރުވި އެވެ.

މައުޟޫޢުތަށް