ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސްއާ ބައްދަލުކުރައްވަނީ

މިހާރު

21 އޮކްޓޯބަރު 2025 | އަންގާރަ | 9:07

ސައޫދީ އަރަބިއްޔާގެ ވެރިކަމުގެ ޒިންމާތައް އަދާކުރައްވާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަންނަ މަހު އެމެރިކާއަށް ވަޑައިގެން، ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާނެ ކަމަށް ސައޫދީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން އޭއެފްޕީއަށް ކަށަވަރުކޮށްދީފި އެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ މުހައްމަދު އެމެރިކާއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށާއި އޭގެ އަނެއް ދުވަހު ޓްރަމްޕާ އެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ދަތުރު ހަމަޖެހިފައިވާކަން ހާމަކޮށްފައި މި ވަނީ ފަލަސްތީނުގެ ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓުމަކަށް ގެނުވި، ޓްރަމްޕުގެ ހުށަހެޅުމަށާއި އެއްބަސްވުމަށް ސައޫދީން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ވަނިކޮށެވެ.

މައުޟޫޢުތަށް