އިޒްރޭލުން އެހީވާ ޣައްޒާގެ ގޭންގަށް ބޮޑެތި ގެއްލުންތަކެއް ދީފިން: ހަމާސް
މިހާރު
22 އޮކްޓޯބަރު 2025 | ބުދަ | 6:13
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ އެހީއާ އެކު ހަރަކާތްތެރިވާ ގޭންގު ލީޑަރެއް ކަމަށްވާ ޔާސިރު އަބޫ ޝަބާބުގެ ޕޮޕިއުލާ ފޯސަސް އަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް ހަމާސް އިން މިއަދު ބުނެފި އެވެ.
ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ އަންގާރަ ދުވަހުގެ ފަތިހު ހަމާސްގެ ރާޟިޔާ ސެކިއުރިޓީ ފޯސް އިން އަބޫ ޝަބާބްގެ ގޭންގާ ދެކޮޅަށް ޣައްޒާގެ ދެކުނުގައި ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ހަމާސް އިން ހައްޔަރުކުރަން ބޭނުންވެގެން ހޯދަމުން ގެންދާ އަބޫ ޝަބާބްގެ ގޭންގުން އެތައް ބަޔަކު މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ކަމަށާއި އަސްކަރީ ސާމާނުގެ އިތުރުން އެ މީހުންގެ ޖަރީމާތަކުގައި ބޭނުންކުރާ އެކި އާލާތްތައް ވެސް އަތުލައިގެންފައިވާ ކަމަށް ހަމާސް އިން ބުންޏެވެ.