މިކުރާ ކަމަކީ އަތޮޅުތަކާއި ރަށްރަށުގެ މެދުގައި އަދުލުވެރިކަން ގާއިމްކުރުން: ރައީސް
މިހާރު
22 އޮކްޓޯބަރު 2025 | ބުދަ | 7:22
އަތޮޅުތަކާއި ރަށްތަކުގެ މެދުގައި އަދުލުވެރިކަން ގާއިމް ކުރައްވާނެ ކަމަށާއި މިހާރު އެ މަނިކުފާނު ކުރައްވާ ކަމަކީ ޒަމާނުއްސުރެ އޮތް އެ ތަފާތުކުރުންތައް ނައްތާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެއީ ސައިޒާއި އާބާދީގެ ގޮތުން ބަލާއިރު ބޮޑު ރަށަކަށް ވިޔަސް އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަތައް ޒަމާންތަކެއް ވަންދެން ދެއްކިއިރު އެކަށީގެންވާ ވަރުގެ ތަރައްގީއެއް އެއްވެސް ބަޔަކަށް ގެނެސް ނުދެވުނު ކަމަށެވެ.
އެއީ ގަމުގެ ރައްޔިތުން އަބަދުވެސް ދައްކާ އަދި ހަގީގީ ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ.