ހިންދީ ޑްރާމާ "ކިޔުކީ"އަށް ބިލް ގޭޓްސް އަންނަނީ

މިހާރު

22 އޮކްޓޯބަރު 2025 | ބުދަ | 11:36

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ 2"ގައި ހާއްސަ ފެނިލުމަކުން މައިކްރޮސޮފްޓުގެ ކޯ-ފައުންޑާ ބިލް ގޭޓްސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުގައި މިއަދު ބުނީ އެ ޑްރާމާގެ ކުރިއަށް އޮތް ތިން އެޕިސޯޑެއްގައި ބިލް ގޭޓްސް ފެންނާނެ ކަމަށެވެ. އަދި ބިލް ގޭޓްސް ފެންނާނީ އެ ޑްރާމާގެ ލީޑް އެކްޓްރެސް ސުމިރުތީ އިރާނީ (ތުލްސީ) އާއި އޭނާ ދެމެދުގައި ކުރާ ވީޑިއޯ ކޯލަކުން ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

އެ ނޫހުގައި ބުނީ، އެ ޑްރާމާގައި ބިލް ގޭޓްސް ވާހަކަދައްކާނީ ގޭޓްސް ފައުންޑޭޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން ކަމަށެވެ. އަދި އޭގެ މަގުސަދަކީ މާބަނޑު އަންހެންނާއި ތުއްތުކުދިންގެ ސިއްހަތާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން ކަމަށް އެ ނޫހުގައި ބުންޏެވެ.

މައުޟޫޢުތަށް