ދިރާގު ރޯޑް ރޭސް: 4،500 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ހުކުރު ދުވަހު

މިހާރު

22 އޮކްޓޯބަރު 2025 | ބުދަ | 1:36

ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހުކުރު ދުވަހު އޮންނާނެ އެވެ.

މިއަހަރުގެ ދުވުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 4،500 އަށް ވުރެ ގިނަ ދުވުންތެރިން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

ދިރާގު ރޯޑް ރޭހުގެ ދުވުންތައް މިއަހަރު އޮންނާނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. ހާފްމެރަތަން އޮންނާނީ ދަންވަރު 2:30ގަ އެވެ. އަދި 10 ކިލޯމީޓަރުގެ ދުވުން ފަތިހު 5:30ގައި އޮންނަ އިރު 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގަ އެވެ.

މައުޟޫޢުތަށް