އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ މައްސަލައިގައި ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވައިފި

މިހާރު

22 އޮކްޓޯބަރު 2025 | ބުދަ | 2:53

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެމްއެމްއޭ އާއި ޕެންޝަން އޮފީހުން ކުރީ ރައްކާތެރި މުއާމަލާތެއް ކަމަށް.

ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ސަރުވަޝް ކުރެއްވި ޓްވީޓުގައި ވަނީ ބޯޑުން އިސްތިއުފާ ދެއްވީ މިއަދު ކަމަށާއި އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ ސަބަބުން، އިގްތިސާދީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. މިކަމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުގެ އިތުރުން ފިޑޫޝަރީ ނުވަތަ ޕެންޝަން އޮފީހުން ފައިސާ މެނޭޖުކުރުމުގެ ޒިންމާތައް އަދާކުރުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވާނެ ކަމަށް އޭނާ ލިޔުއްވާފައި ވެ އެވެ.

މައުޟޫޢުތަށް