ދިރާގު ރޯޑް ރޭހުގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް
މިހާރު
22 އޮކްޓޯބަރު 2025 | ބުދަ | 1:59
ހުކުރުދުވަހު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ޕާޓްނާޝިޕުގެ ދަށުން އެ ދުވުމަށް ބޭނުންވާ މެޑިކަލް އެހީތެރިކަން އެ ހޮސްޕިޓަލުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިއަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 4،500 އަށް ވުރެ ގިނަ ބައިވެރިން ދުވާނެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓްކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.