ލ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް
މިހާރު
22 އޮކްޓޯބަރު 2025 | ބުދަ | 1:59
ބޭންކް އޮފް މޯލްޑިވްސްއިން ލ. ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
އޭޓީއެމް ހިދުމަތް ތައާރަފް ކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޭޓީއެމްގެ ހިދުމަތް އެރަށު ތައާރަފް ކުރުމަށް ފަހު ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތައާރަފްކުރި އޭޓީއެމްގެ ހިދުމަތާއެކު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 19 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.